ސަރުކާރުން ރާވާފައިވާ ގޮތަށް ބޭރުގެ މާލީ ބާޒާރުތަކުން ދަރަނި ނުލިބުމުގެ ސަބަބުން، ދިވެހި ރުފިޔާގެ އަގު އިތުރަށް ވެއްޓިދާނެކަމުގެ ބިރު އޮތްކަމަށް ދައުލަތުގެ މެދު ރާސްތާގެ ދަރަނީގެ ސިޔާސަތު ނުވަތަ މީޑިއަމް ޓާމް ޑެޓް ސްޓްރެޓަޖީ (2025 އިން 2027 އަށް) އާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން  އާންމުކުރި ރިޕޯޓުގައި ބުނެފިއެވެ. އެ ރިޕޯޓުގައި، ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން ކަންބޮޑުވާންޖެހޭ ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ. ދައުލަތުގެ މެދު ރާސްތާގެ ދަރަނީގެ ސިޔާސަތަކީ، […]